Total Pageviews

Friday, November 4, 2011

މޮޔަމީހަކު ސަލާމަތްކުރި މޮޔަމީހާ



މޮޔައިންނަށް ބޭސްކުރާ ހަސްފަތާލެއްގައި ފަރުވާދެމުންދިޔަ މޮޔަމީހަކު، އެ ހަސްފަތާލުގައި އޮތް ފަތާ ފެންގަނޑަކަށް ވެއްޓި ގެނބުނެވެ. އެވަގުތު އެތާހުރި އެހެން މޮޔަމީހަކު ގޮސް އޭނާ ސަލާމަތްކުރި އެވެ. މި ހާދިސާ ދުށް ނަރުހަކު ގޮސް ހަސްފަތާލުގެ ކަމާބެހޭ އިސްބޭފުޅަކަށް މިވާހަކަ ނަންގަތެވެ. މިވާހަކަ އަޑުއެއްސެވުމަށްފަހު،

ސަލާމަތްކުރި މޮޔަމީހާގެ ބުއްދިހުރި ވަރެއް ބައްލަވައިލައްވަން އެ ބޭފުޅާ ގަސްދުކުރެއްވި އެވެ.

ސަލާމަތްކުރި މޮޔަމީހާ، އިސްބޭފުޅާގެ އަރިހަށް ގެންނަވާފައި ވިދާޅުވި އެވެ.

"ތިބާ ތިކުރި އިންސާނީ ޢަމަލަށް ބަލާއިރު، މޮޔަމީހަކު ތިޔަކަހަލަ މޮޅު ކަމެއް ކޮށްފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. މިހެންވެ، ތިބާއަކީ ތަޞައްރަފު ފުދޭ މީހެއްތޯ ބަލާލަން ބޭނުމެވެ."

ސަލާމަތްކުރި މޮޔަމީހާ ދެންނެވި އެވެ.

"އަޅުގަނޑު ތަޞައްރަފު ނުފުދޭނަމަ، އަޅުގަނޑު އޭނާ ތެމެން އުޅެނިކޮށް ސަލާމަތްކުރާނެތޯ އެވެ؟"

ހަސްފަތާލުގެ އިސް ބޭފުޅާ، ސަލާމަތްކުރި މޮޔަމީހާ އާ ވާހަކަ ދައްކަވަން އިންނަވަނިކޮށް، ނަރުހަކު އައިސް ވަރަށް ސީރިއަސް ވާހަކައެއް ނަންގަތެވެ.

"ބައްލަވާ! މިބޭފުޅާ ސަލާމަތްކުރެއްވި ބަލިމީހާ އަމިއްލައަށް ދަންޖެހި މަރުވެއްޖެ އެވެ!"

އެހިނދު، ސަލާމަތްކުރި މޮޔަމީހާ، ބުންޏެވެ.

"ނޫނެކެވެ. އޭނާ އަމިއްލައަށް ދަންޖެހުނީއެއް ނޫނެވެ. އޭނާ މާބޮޑަށް ތެމިފައިވާތީ، އޭނާގެ ކަރުގައި ވާގަނޑެއް އައްސާފައި، އަޅުގަނޑު އޭނާ ހިއްކަން އެޅީ އެވެ"
ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކުވި އަންހެނަކު ބަންދު ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފި





ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކުވި އަންހެނަކު ބަންދު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
އެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އަމިއްލަ ދަރިފުޅު ގަދަކަމުން ހަމަ އެ ރަށު މީހަކަށް ވިއްކި ކަމުގެ ތުހުމަތުގަ އެވެ. ދަރިފުޅު އެރަށު ފިރިހެން މީހާ ކައިރިއަށް ގަދަކަމުން ފޮނުވުމަށްފަހު އޭނާގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އެ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ނަމަވެސް ފަހުން ސެޕްޓެމްބަރު ،28 2011 ގައި ވަނީ އެ އަންހެން މީހާ ދޫކޮށްލައިފަ އެވެ. ދޫކޮށްލަމުން ކޯޓުން ބުނެފައި ވަނީ އެ އަންހެން މީހާގެ ބަޔާން ނަގާފައިވުމާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ބެލުމުގައި ދަށުގައިވުމުންނާއި އެ އަންހެން މީހާ ބަލަންޖެހޭ އިތުރު ކުޑަކުދިންތަކެއް ތިބުމުން ދޫކޮށްލީ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައި ހުކުމުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި މި ނޮވެމްބަރު 2 އިން ފެށިގެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ވެސް ފުލުހުންގެ މައްޗަށް ހައި ކޯޓުން އަމުރު ކުރި އެވެ.

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
ނޭކުރެންދޫގައި ޕިކަޕެއް ދަށުވެ ދޮޅު އަހަރުގެ ކުއްޖަކު މަރުވެއްޖެ







ހދ. ނޭކުރެންދޫގައި ޕިކަޕެއް ދަށުވެގެން ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
ނޭކުރެންދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ 02 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ގޭ ދޮރުމަތީގައި ޕިކަޕް ދުއްވަނިކޮށް އޭގެ ކުރިމައްޗަށް ކުޑަކުއްޖާ އެރުމުން އޭގެ ދަށުވެގެންނެވެ. އެ ވަގުތު ޕިކަޕް ދުއްވަން އިނީ ކުޑަކުއްޖާގެ މަންމަގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށް އޭނާ ބުންޏެވެ. އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކުޑަކުއްޖާގެ ބޮލަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ޕިކަޕުގައި ޖެހިގެން މީގެ ކުރިން ވެސް ނޭކުރެންދޫގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ ހާދިސާގައި އަނިޔާވި ކުއްޖާ މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެނބުރި ރަށަށް ދިޔަތާ އަދި ހަފުތާއެއް ނުވެ އެވެ. އެފަހަރު ޕިކަޕް ދުއްވަން އިނީ މިއަދު ޕިކަޕް ދުއްވަން އިން ކުއްޖާގެ ބައްޕަ އެވެ.
މި ހާދިސާއާ ގުޅިގެން ކުޑަކުއްޖާގެ އާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ އާއިލާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ފުލުހުން ވެސް ބުނީ އާއިލާ އަށް ވަރަށް ބޮޑު ޝޮކެއް ލިބިފައިވާތީ މި ދަނޑިވަޅު މީޑިއާ އަށް މައުލޫމާތު ދިނުން ރަނގަޅު ނޫން ކަމަށެވެ.
"ހަވީރަށް" އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ވަގުތު ކުޑަކުއްޖާގެ ބައްޕަ ހުރީ މާލެއިން ރަށަށް ދާ މަގުމަތީގަ އެވެ. އަދި ކުޑަކުއްޖާއަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތ. މަޑިފުށީގައި ވެސް އިއްޔެ ވަނީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފަ އެވެ.
މިލަންދޫ ދާއިރާގެ މެމްބަރ ސުޕޮންސަރކޮށް މިޑްސް ޖަމިއްޔާއިން އިންތިޒާމްކޮށް ބާއްވަމުން އަންނަ "މެމްބަރ ކަޕް" ގެ ގުރުއަތުލުން ރޭ މިލަންދޫ ސުކޫލްގައި ބާއްވައިފިއެވެ.

މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނިފައިވަނީ ނަރުދޫ ޒުވާނުންނާއި، ފަޔަރ ސޫޓް އަދި އޭޑީކޭ ސުޕޯޓްސް ކުލަބެވެ. އަދި ގުރޫޕް ބީގައި ހިމެނިފައިވަނީ ފޯކައިދޫ ފުޓްބޯޅަ ކުލަބާއި ތިރި ޓީމާއި އަދި ފޯކައިދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރ މަހު 4 ވަނަ ދުވަހެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ބައްދަލުކުރާނީ މެމްބަރ ކަޕް 2010 ގެ ރަނަ ރަޕް ފަޔަރ ސޫޓާއި މި މުބާރާތުގައި އަލަށް ބައިވެރިވާ ނަރުދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމެވެ. މި މެޗް ފައްޓާނީ ނޮވެމްބަރ މަހު 4 ވަނަ ދުވަހު ހަވީރު 4:00 ގައެވެ.